ޕޯސްޓުން ރާއްޖެ އެތެރެކުުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޕޯސްޓުން ރާއްޖެ އެތެރެކުުރަން އުޅުނު މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި މޯލްޑްވްސް ކަސްޓަމްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނީ، ޕޯސްޓްގެ ޒަރީއާއިން ތަފާތު ބާރަ ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ 28 ޖޫން 2020 އިން 13 އޮކްޓޯބަރ 2020 ދުވަހުގެ ނިޔަލަށް ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަަށެވެ.

އަދި މި ބާރަ ފަހަރު މަތިން އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ ގްރާމް ހުރިއިރު، މަގުމަތީ އަގު 144754800(އެއް މިލިއަން ހަތަރު ލައްކަ ހަތްދިހަ ފަސްހާސް އަށްސަތޭކަ) ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއެކު މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ