މިނިސްޓަރު ނަސީމްގެ ގާބިލްކަމާ މެދު ދުންޔާ ސުވާލު އުފައްދަވައިފި

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމް(ކެރެފާ ނަސީމް)ގެ ގާބިލް ކަމާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފިއެވެ.

ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެލްތް މިނިސްޓަރު ކަމަށް ނަސީމަކީ އެންމެ އެކަށީގެންވާ ބޭފުޅާ ތޯ އާއި ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއްގެ މެދު ތެރެއިން ނަތީޖާ ނެރެދެވޭނެތޯ ސުވާލު އުފައްދަވާފައެވެ. އަދި ސަރުކާރު ކޯލިޝަންގެ އެއްބަސްވުމަށް ދެން ވާނީ ކިހިނެތްތޯ ވެސް ދުންޔާގެ ޓްވީޓްގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމިުގެ މަޤާމުގައި ހުންނެވި ކެރަފާ ނަސީމް ހެލްތު މިނިސްޓަރަކަށް އައްޔަން ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި އަބްދުﷲ އަމީން އޮކްޓޫބަރ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ