ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.
މާލެއިން ކަރަންޓް ގޮސްފައިވަނީ މިއަދު ހެނދުނު 08:00 ހާއިރެވެ. އަދިވެސް މިސަރަހައްދުތަކަށް ކަރަންޓް ލިބިފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މާލެއަށް ކަރަންޓްގެ ޚިދުމަތް ދެމުންއަންނަ ސްޓެލްކޯއިން ވިދާޅުވީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށާއި އެ މައްސަލަ ހައްލުކޮަށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއިން ވަނީ ކަރަންޓު ކެނޑިފައި. އެ މައްސަލަ ހައްލުކޮަށް ބައެއް ސަރަހައްދުތަކަށް ކަރަންޓުދޭން މިހާރުވަނީ ފަށާފައި. ގަޑިއެއްހާއިރުތެރޭ ހުރިހާސަރަހައްދަކަށް ކަރަންޓުދެވިގެންދާނެ." ސްޓެލްކޯ އިން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯ އިން ވަނީ މަޢާފަށް އެދި، ރައްޔިތުންގެ ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.



