ޕޮލެންޑްގެ ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޕޮލެންޑްގެ ރައީސް އެންޑަރަޒެޖް ޑޫޑާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮލެންޑްގެ ރައީސް އެންޑަރަޒެޖް ޑޫޑާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް ހާލު ރަނގަޅު ކަމަށް ގައުމުގެ ވެރިކަމުގެ މިނިސްޓަރު ބްލަޒެޖް ސްޕިޗޯލްސްކީ ވިދާޅުވެފައި ވެއެވެ.

މިކަން ހާމަ ކުރައްވަމުން ބްލަޒެޖް ސްޕިޗޯލްސްކީ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް އެންޑަރަޒެޖް ޑޫޑާ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި އަދި ޓެސްޓް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިކަމުގައި ކަމާގުޅޭ ސިއްހީ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

ރައީސް އެންޑަރަޒެޖް ޑޫޑާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އެ ޕޮލެންޑްގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ހުކުރު ދުވަހު ވަނީ ރެކޯޑު އަދަދަކަށް އެ ގައުމުން ޕޮޒިޓިވް ވެފައެވެ.

ހުކުރު ދުވަހު 13،600 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެ އިއްޔެ 153 މީހުން ކޮވިޑް-19 ގައި މަރުވެފައިވާއިރު މި ބަލީގައި ޖުމްލަ މަރުވެފައިވާ މީހުންގެ އަދަދު ވަނީ4،172 އަކަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ