ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ފެން ޑީއެންއޭ އަށް ނުރައްކާވެދާނެ: ގުރީންޕީސް

ޖަޕާނުގެ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެނުގައި އިންސާނާގެ ޑީއެންއޭ އަށް ނުރައްކާވެދާނެފަދަ ރޭޑިއޯއެކްޓިވް މާއްދާއެއް ހިމެނޭކަމަށް ގުރީންޕީސް ޖަމިއްޔާގެ ރިޕޯޓެއްގައި ބުނެފިއެވެ.

ތމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ގުރީންޕީސް ޖަމާއަތުގެ ރިޕޯޓެއްގައި މިހެން ބުނެފައި މިވަނީ ޖަޕާން ސަރުކާރުން ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ޓޭންކުތަކުގައި ރައްކާކޮށްފައިވާ ފެން ކަނޑަށް ބޭރު ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ގިނަ އަދަދެއްގެ ސައިންޓިސްޓުން ބުނަމުން އައްނަނީ މި ފެން ކަނޑަށް ބޭރުކުރި ނަމަވެސް ލިބޭނެ ގެއްލުން ވަރަށް ކުޑަވާނެ ކަމަށެވެ. ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކުން އައްނަނީ މިވާހަކަތައް ދޮގު ކުރަމުންނެވެ.

ގުރީންޕީސްގެ ރިޕޯޓާއި ގުޅިގެން ޖަޕާނު ސަރުކާރުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ޖަޕާން ސަރުކާރުންވަނީ ފުކުޝީމާ ނިއުކްލިއާ ޕްލާންޓުގެ ޕަވާރ ސްޓޭޝަންތައް ފިނިކުރުމަށް ބޭނުންކޮށްފައިހުރި މިލިއަން ޓަނަށްވުރެ ގިނަ ފެނަށް ހަދާނެ ގޮތަކާއި ބެހޭގޮތުން ބަހުސްކޮށްފައެވެ.

ފުކުޝީމާ ނިއުކްލިއާ ޕްލާންޓަކީ 2011 ވަނަ އަހަރު ޖަޕާން ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ކާރުހާނާއެކެވެ. އެ ހާދިސާގައި އެ ކާރުހާނާގެ ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވި އެވެ.

ކާރުހާނާގެ ރިއެކްޓަރުތައް ފިނި ކުރަން ބޭނުން ކުރާ ފެނާ އެއްވާ ވާރޭ ފެނާއި ބިމުއަޑީގެ ފެން ތަޣައްޔަރުވުމުން އެ ފެން ރައްކާ ކުރަމަށް ބޭނުންކުރާ ޓޭންކްތައް ކުރިއަށް އޮތް ދެ އަހަރު ތެރޭ ފުރޭނެ ކަމަށް އެ ކާރުހާނާ ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ) ކުންފުނިން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ