ޑރ. ފާތިމަތު ނަޒްލާ ރަފީޤއ | ފޮޓޯ: އެޗްއީއޯސީ

ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

ރާއްޖޭގައި ހަދަމުންދާ ރިސޯޓެއް ކަމަށްވާ ރ. ކުޑަކުރަތުން 63 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ރ. ކުޑަކުރަތުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ފެނުމާއި އެކު އެރަށުން ސާމްޕަލް ނަގައި ޓެސްޓުކުރިއިރު 4 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި އިތުރު 7 މީހަކު 24 ވަނަ ދުވަހުވެސް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އިއްޔެ އެރަށުން ވަނީ 52 މީހަކު ފައްސިވެފައެވެ.

ހެލްތު ޕްްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެފައި ވަނީ އެރަށުން ވައިރަހުގެ އަލާމަތްތައް ބައެއް މީހުންގެ ފަރާތުން ފެންނަން ފެށުމާއި ގުޅިގެން މި މަހުގެ 23 އަދި 24 މި ދެދުވަހު ޖުމްލަ 89 ސާމްޕަލް ނަގާފައިވާ ކަމަށެވެ.

އިއްޔެ އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު އެރަށުގައި ޖުމްލަ 63 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. އަދި ފައްސިވި މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް ބ.އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެއެވެ.

ކޮވިޑް-19 އިން އިއްޔެ 52 މީހުން ރަނގަޅުވެފައިވާއިރު މުޅި ޖުމްލަ މިބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ 10،524 އަރައިފައެވެ. ޖުމްލަ 11،505 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މިވަގުތު ކޮވިޑް-19 އަށް ރާއްޖެއިން ފަރުވާހޯދަމުން އަންނަނީ 937 މީހުންނެވެ. މީގެތެރެއިން 37 މީހުން ފަރުވާ ހޯދަމުން އަންނަނީ ހޮސްޕިޓަލުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ