ފޮޓޯ: ރާއްޖެ އެމްވީ

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީ އިން ވިދާޅުވީ، މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ގުޅޭގޮތުން މި ކޮމިޝަނުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އަޙްމަދު ޝުކޫރާ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި  ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ބ) އަދި (މ) އާ ޙަވާލާދީ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް މެޖިސްޓްރޭޓްކަމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް 25 އޮކްޓޫބަރު 2020 ވަނަ ދުވަހު 78 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ