ސުވެނިއާ ވިޔަފާރިތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ސުވެނިއާގެ ވިޔަފާރި ކުރާ ފިހާރަތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެގޮތުން އެމިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސުވެނިއާ ވިޔަފާރިއަކީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިއަކަށް ވުމާއެކު، ސުވެނިއާ ފިހާރަތައް ހިންގާ ފަރާތްތަކަށް މަންފާ ލިބޭނެ އިތުރު މަގު ތަނަވަސްކޮށްދިނުމަށްޓަކައި، އަދި ސުވެނިއާ ފިހާރަތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ސުވެނިޔާގެ ވިޔަފާރި ކުރާ ފިހާރަތައް ދަފްތަރުގައި ހިމެނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.

ސުވެނިޔާ ވިޔަފާރި ކުރާ ފަރާތްތައް ދަފްތަރުގައި ހިމެނުމުގެ ސަބަބުން ދިވެހި އުފެއްދުންތައް އިތުރުވެ، ދިވެހި އުފެންދުންތަކުގެ މާކެޓް ފުޅާވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރި އަރައިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މައުލޫމާތުދެއެވެ.

ސުވެނިއާ ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އިން ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ