ޅ. ނައަިފަރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގެ ނަރުދަމާގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާއި މިއަދު ޙަވާލުކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޙަސަން ޝާހުއެވެ.
މިމަޝްރޫޢުތަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައި.ޑީ.ބީ) އާއި އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮޕިޑް) ފޭސް2 ލޯނު އެހީއިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
އެގޮތުން 5 މަސް ދުވަހުގެ މުއްދަތަކަށް ޙަވާލުކޮށްފައިވާ ޅ. ނައިފަރު ނަރުދަމާގެ އަގަކީ 24،266،061.64 ރުފިޔާއެވެ. އަދި އެރަށު ފެނުގެ ނިޒާމުވެސް މިމުއްދަތުގައި ނިންމަން ޙަވާލުކޮށްފައިވާއިރު، އަގަކީ 13،136،034.10 ރުފިޔާއެވެ.
MWSC has signed contracts with the Ministry of National Planning, Housing & Infrastructure to undertake outstanding works in construction of Water & Sewer facilities in Lh.Naifaru and Sewer facilities in Th.Veymandoo.#MWSCProjects#EkuveriMWSC pic.twitter.com/iVZoVmv1e4
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) October 26, 2020
ތ. ވޭމަންޑޫ ނަރުދަމާ ނިޒާމު 4 މަސް ދުވަހުތެރޭ ނިންމަން ޙަވާލުކޮށްފައިވާއިރު އެމަސައްކަތުގެ އަގަކީ 17،153،276.10 ރުފިޔާއެވެ.
މިމަޝްރޫޢުގެ ދަށުން ޅ. ނައިފަރާއި ތ. ވޭމަންޑޫ ނަރުދަމާ ނިޒާމުގެ މިހާރު ނުނިމިހުރި ހުރިހާ މަސައްކަތެއް ނިންމަން ޖެހޭއިރު، މީގެތެރޭގައި ނަރުދަމާގެ ހޮޅި ވަޅުނުލައި ހުރި ސަރަޙައްދުތަކުގައި ހޮޅިވަޅުލުމާއި، ޕަމްޕް ސްޓޭޝަނާއި އިދާރީ އޮފީހުގެ ފިނިޝިންގެ މަސައްކަތާއި، ސްވޭޖް ޓްރީޓްމަންޓް ޕްލާންޓް (އެސް.ޓީ.ޕީ)ގެ ފިނިޝިން މަސައްކަތް އަދި ސީ އައުޓް ފޯލްގެ ނުނިމި ހުރި މަސައްކަތުގެ އިތުރުން ޕަމްޕް ސްޓޭޝަނާއި އެސް.ޓީ.ޕޯގެ އިލެކްޓްރޯ މެކޭނިކަލް މަސައްކަތް ހިމެނެއެވެ.
އަދި ފެނުގެ ނިޒާމުގެ މަސައްކަތުގެ ތެރޭގައި ފެނުގެ މަޝްރޫޢުގެ ދަށުން މިހާރު ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމުމާއި، ސައިޓުގައި މަރާމާތުކުރަންޖެހޭ ހުރިހާ މަސައްކަތެއް މަރާމާތުކުރުން ހިމެނެއެވެ. މީގެތެރޭގައި މައިގަނޑު މަސައްކަތުގެ ގޮތުގައި ފެން ހޮޅި ވަޅުނުލާހުރި ތަންތަނުގައި ފެންހޮޅުި ވަޅުލުމާއި، އާރް.އޯ. ޕްލާންޓް އިންސްޓޯލް ކުރުމާއި، ސްޓޯރޭޖް ޓޭންކު މަރާމާތުކުރުމާއި ގޭގެއަށް ފެން ގުޅައި ދިނުމާއި އައުޓްފޯލް އެޅުން ހިމެނެއެވެ. އަދި މީގެއިތުރަށް އެޑްމިން އަދި އާރް.އޯ ބިލްޑިންގ މަރާތުކުރުމާއި، ފެން ޓެސްޓް ކުރާނެ ވަޞީލަތްތަކާއިއެކު ލެބޯރެޓަރީއެއް ހެދުންވެސް ހިމެނެއެވެ.