ތުރުކީގެ ރައީސް ތައްޔިބް އެރުދޮއާން

ފުރާންސުގެ މުދާ ބޮއިކޮޓް ކުރުމަށް އުރުދުއާން ގޮވާލައްވައިފި

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކާޓޫން ކުރުހައި މުސްލިމުން ރުޅި އެރުވުމަށް ފުރާންސް ސަރުކާރުގެ މަދަދުވެރިކަމާއެކު އެގައުމުގައި ހިނގަމުންދާ ހަރަކާތްތަކާއި ގުޅިގެން އެގައުމުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން ތުރުކީގެ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.

ޓީވީ މެދުވެރި ކުރައްވައި އުރުދުއާން ދެއްކެވި ވާހަކަފުޅުގައި އުރުދުއާންވަނީ ފުރާންސުގެ ރައީސް އިމާނުއަލް މެކްރޮންއަށް އަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން، މެކްރޮންގެ ސިކުނޑިއަށް ބޭސްކުރަން ޖެހޭކަމަށްވެސް އުރުދުއާން ބުނެފައި ވެއެވެ.

ފުރާންސުން މުސްލިމުން ރުޅިއެރުވުމަށް މީގެކުރިންވެސްވަނީ ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޖޯކުޖަހައި ކާޓޫން ކުރުހައިފައެވެ. މިކަންތައް މިފަހުން ހައްދުފަހަނައަޅައި ގޮސްފައިވަނީ ފުރާންސުގެ ސްކޫލެއްގެ ޓީޗަރަކު މި ކާޓޫންތައް ދަރިވަރުންނަށް ދެއްކި މައްސަލައިގައި މި ޓީޗަރަށް ވަޅިން ހަމަލާދީ މަރާލުމާއި ގުޅިގެންނެވެ.

ސެމުއަލް ޕެޓީ ނަމަކަށްކިޔާ މި ޓީޗަރަށް ހަމަލާދީ މަރާލުމާއި ގުޅިގެން ފުރާންސުގެ ހަރުބީ ކާފަރުންވަނީ އެމީހާގެ ހައްގުގައި ކަމަށްބުނެ މަގުތައްމަޗަށް ނިކުމެ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫންތައް ހިފައިގެން ހިނގާލުންތައް ބާއްވައިފައެވެ. އަދި މިވަރުން ނުފުދިގެން އުސް އިމާރާތްތަކުގެ ދިގުމިނަށް މިފަދަ ކާޓޫންތައްވަނި ދެއްކުމަށް ހަރުކޮށްފައެވެ.

ފުރާންސްގެ އިމާރާތެއްގައި ރަސޫލާގެ ކާޓޫން ކުރުހާފައި

މުސްލިމުންނާއި ދެކޮޅަށް ފުރާންސުގައި އުފެދިފައިވާ މި ނުބައި އޮއިވަރު ހުއްޓުވުމުގެ ބަދަލުގައި ފުރާންސް ސަރުކާރުން އައްނަނީ މިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތައް ފަތުރަމުންނެވެ. މިގޮތުން ފުރާންސް ސަރުކާރުން ބުނަމުން އަންނަނީ ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ކާޓޫން ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށެވެ.

ފުރާންސުގެ މި ގޮތެއްނެތް ހަޑިމުޑުދާރު އަމަލުތަކާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމުން އަންނަނީ މީސްމީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. ތުރުކީގެ ރައީސް ފާހަގަ ކޮށްލެވިގެންދަނީ މި ކެމްޕެއިންގައި ފާޅުގައި ބައިވެރިވެ ވަޑައިގެއްނެމި ގައުމެއްގެ އެންމެ އިސްވެރިޔާގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ