ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމްގެ ހާލުދެރަވެގެން ފަރުވާދޭން ފަށައިފިއެވެ.
އަހްމަދު ޝިޔާމް މިހާރު ވަނީ ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި އަދި މިހާރު ދަނީ ޓެސްޓްތައް ހަދަމުން ކަމަށް ޕީޕީއެމް އިން ވިދާޅުވިއެވެ.
މައުލުމާތު ލިބޭ ގޮތުގައި ޝިޔާމްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
Praying for a full and speedy recovery, for my brother, PPM VP @Shiyamaldives, MP. pic.twitter.com/Fy72tkYKRr
— Mohamed H. Shareef (@mundhu_maldives) October 27, 2020
ޝިޔާމް ފާހަގަ ކުރެވިގެން ދަނީ އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކަތްތަކުގައި ވަރަށް އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައެވެ.




