މިސްކިތެއްގައި ބޮމެއް ގޮއްވާލައި 7 މީހުން މަރާލައިފި

ޕާކިސްތާނުގެ ޕަޝަވާރ ސިޓީގައި ހުންނަ ދީނީ ސްކޫލެއްގައި ބޮމެއް ގޮއްވާލާމުގެ ސަބަބުން 7 މީހުން މަރުވެ 70 ވަރަކަށް މީހުން ޒަހަމްވެއްޖެއެވެ.

މީޑީއާގައި ރިޕޯޓުކޮށްފައިވާގޮތުން، ބޮން ގޮއްވާލާފައިވަނީ، އެ ސިޓީހައި ހުންނަ މިސްކިތެއްގައެވެ. މި މިސްކިތަކީ، ދީނީ ސްކޫލެއްގެ ގޮތުގައިވެސް ބޭނުންކުރަމުން އަންނަ މިސްކިތެކެވެ.

މަންޒަރުތަކުން ފެންނަ ގޮތުގައި، ބޮން ގޮއްވާލުމުގެ ސަބަބުން، މިސްކިތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރާ މައި ހޯލުގެ، ބިންމައްޗާއި، ސީލިންވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ޕަޝަވާރ ގެ ފުލުހުން މީޑިއާތަކަށް ކަށަވަރުކޮށްދިންގޮތުގައި، މި ހާދިސާގައި7 މީހުން މަރުވެފައިވެއެވެ. އަދި ގާގްގަނޑަކަށް 70 ވަރަކަށް މީހުންނަށް އަނިޔާވެ ޒަހަމްވެފައިވާކަމަށް މައުލޫމާތުދީފައިވެއެވެ.

މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށް ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ބޮން ގޮއްވާލި ވަގުތު، މިސްކިތުގައި ކުޑަކުދިން ޤުރުއާން ކިޔަވަން ތިބި ކަމަށް މައުލޫމާތުލިބެއެވެ.

ނަމަވެސް، މަރުވި އަދި ޒަހަމްވި މީހުންގެ ތެރޭގައި ކިތައް ކުޑަކުދިން ހިމެނޭކަމެއް އަދި ސާފެއްނުވެއެވެ.

އެ ސިޓީގެ ޕްރޮވިންސިއަލް ހެލްތް މިނިސްޓަރ މައުލޫމާތު ދީފައިވާގޮތުގައި، ސިޓީގެ މައި ސަރުކާރު ހޮސްޕިޓަލުގައި ޒަހަމްވި މީހުންނަށް މިހާރު އަންނަނީ ފަރުވާދެމުންނެވެ.

މި ހާދިސާ މިހާރު ތަހުޤީގުކުރަން ފަށާފައިވާއިރު، ފުލުހުންގެ ބޮމްބް ޑިސްޕޯސަލް ޔުނިޓުން ހާމަކުރިގޮތުގައި ގޮއްވާލާފައިވާ އެތީގައި 5 ކިލޯ ގްރާމްގެ ގޮވާތަކެތި ހުއްޓުވެ. އަދި ގޮއްވާލާފައިވާ ޑިވައިސްއަކީ، ވަކި ގަޑިއަކަށް ގޮވާގޮތައް ތައްޔާރުކޮށްފައިވާ ޑިވައިސްއެއްކަމަށް މައުލުމާތުދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ