ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދް - ފޮޓޯ: ރައީސް އޮފީސް

މިއަދު ތާވަލްކުރި ޑރ. ޒިޔާދުގެ ޝަރީއަތް ކެންސަލް ވެއްޖެ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ މިއަދަށް ތާވަލް ކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ޑރ. ޒިޔާދުގެ މައްޗަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަން ތާވަލުކުރީ މިއަދު މެންދުރުފަހު 3:00 ގައެވެ. ނަމަވެސް މި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ކެންސަލް ކުރި ސަބަބު ކުރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

ގާނޫނުލް އުގޫބާތުގައިވާގޮތުން ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށުގެ އަސާސީ އަދަބަކީ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ