ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ އަބުރުކަތިލައްވަން ކިތަށްމެ މަސައްކަތެއް ކުރެއްވިނަމަވެސް އެކަން ކާމިޔާބުނުވާނެކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.
ޓުވިޓާ މެދުވެރިކޮށް އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރުގެ އަބުރުފަުޅު ކަތިލުމަށް ރައީސް އިބްރާހިމް މުޙައްމަދު ސާލިޙް ކިތަށްމެ މަސައްކަތެއް ކުރިޔަސް ﷲ ގެ އިރާދަފުޅާއެކު އެކަން ކާމިޔާބުނުވާނެކަމަށެވެ.
އަދި ޑރ. އަޙްމަދު ޒިޔާދު ބާގިރަކީ ޤައުމަށް އިޚްލާސްތެރި ދީނަށް ލޯބިކުރާ ނަޒާހަތްތެރި ބޭފުޅެއްކަމަށްވެސް އަދުރޭވަނީ ވިދާޅުވެފައެވެ.
RY ge sarukaaruge Islamic Minister Dr. Ahmed Ziyad Baqir ge aburufulhu kathilumah RIMS ge sarukaarun kithanme masahkatheh kuriyas IA, ekameh nuvaane. Dr. Ahmed Ziyad Baqir akee Gaumah ikhulaastheri dheenah loabi kurahvaa nazaahaiytheri beyfulheh.
— Abdul Raheem Abdulla (@Banafsaa) September 28, 2020
އަދުރޭ މިހެން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ނިންމައި، އެ މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރުގެ މައްޗަށް ޕީޖީއިންވަނީ ދަޢުވާ އުފުލާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ ބ. އޭދަފުށި، ހަލަވެލި، ޑޮކްޓަރު އަޙްމަދު ޒިޔާދު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒްގެ މަޤާމުގައި ހުރިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް އޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާ ކަމަށެވެ.
ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ޕީޖީންވަނީ ހުށަހަޅާފައިވަނީ މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް ޢީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީއެވެ. މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޒިޔާދުގެ މައްޗަށް ދައުވާ އުފުލައިފި



