ފްރާންސާއި ދެކޮޅަށް ރާއްޖެއިން ބަޔާން ނެރެން ޖެހޭ: ޝައިހް އަލީ ޒައިދު

ކީރިތި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް ފްރާންސް އިން ހިންގާފައިވާ ހައްދުފަހަނައެޅި އެއަމަލު ކުއްވެރިކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރުމަށް ޝައިހް އަލީ ޒައިދު ގޮވާލައިފިއެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވެފައި ވަނީ ފުރާންސްގެ ސަރުކާރުން އިސްލާމް ދީނަށާއި ރަސޫލާ އަށް ފުރައްސާރައިގެ ބަސްތައް ރައްދުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ވަނީ، މިކަމާއި ގުޅިގެން ފްރާންސް ސަރުކާރަށް ފާޑުކިޔާފައެވެ. ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވަނީ، އިސްލާމް ދީނަކީ ޓެރެރިޒަމުގެ ފެށުން ކަމަށާއި، ރަސޫލާ އަށް ނިސްބަތްކޮށް ކާޓޫނު ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ކޮށްފައިވާ ޓްވީޓެއްގައި ޝެއިހް ޒައިދު ވިދާޅުވެފައި ވަނީ، އެބައިމީހުން އެވަނީ ރަސޫލާގެ އަބުރުފުޅަށް އަރައިގަނެފައި ކަމަށާއި، ފުރައްސާރަ ކޮއްފައި ކަމަށެވެ. އަދި އެބައި މީހުންގެ ޕްރޮޑޮކްޓްތައް ބޮއިކޮޓް އިސްލާމުން މިކަންކަން ބަލައި ނުގަންނާނެކަން ދުނިޔެއަށް ހާމަކޮއްދޭން ޖެހޭ ކަމަށްވެސް ޒައިދު ވިދާޅުވިއެވެ.

ފްރާންސް ސަރުކާރުން ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ބަސްތައް ރައްދުކުރުމާއި އެކު ގިނަ ގައުމުތަކަކުން އަންނަނީ ފްރާންސްގެ އުފެއްދުންތައްވެސް ބޮއިކަޓްކުރުމަށް ނިންމަމުންނެވެ.

ފްރާންސް ސަރުކާރުން ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ