ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ހުށައެޅި ބިލަށް ބަހުސް ކުރެއްވީ ދެ މެންބަރުން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމާލިއިރު މި ބިލަށް ބަހުސްކޮށްފައިވަނީ އެންމެ ދެ މެންބަރުންނެވެ.

ޖުމްލަ 72 މާއްދާގެ މައްޗަށް އެކުލަވާލެވޭ މި ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ. ޖާބިރު ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ  ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ވަކި ނިޒާމެއްކަމަށް ސީދާ ބަޔާންކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބުތަކަށްފަހު ވެރިކަން ހިންގަމުން އައިސްފައިވަނީ ބަރުމަލާނީ ނިޒާމެއްގެ ސިފަތަކުގެ މައްޗަށް ކަމަށް ޖާބިރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ޖާބިރުގެ އިތުރުން މި ބިލަށް ބަހުސްކުރައްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އެވެ. އިތުރު އެއްވެސް މެމްބަރަކު މިބިލަށް ބަހުސް ކުރެއްވުމުގެ ފުރުސަތަކަށް އެދިފައެއް ނުވެއެވެ

މި ބިލަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުނުކުރައްވާނެ ކަމަށާއި މިފަދަ ބިލެއް ހުށައަޅުއްވާއިރު، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭނެކަމަށެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކަށް ވީނަމަވެސް މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ވިދާޅުވީ މިއީ އެފަދަ އިސްލާހަކާމެދު ބަހުސްކޮށް، އެމަގަށް ދާންވީ ވަގުތެއް ނޫންކަމަށެވެ

އެހެންކަމުން މި ބިލު އެމްޑީޕީގެ ތަނަވަސް އަގުލަބިއްޔަތު އޮންނަ މަޖިލީހަށް ބަލައިގަންނާނެކަމަކަށް ގަބޫލެއްނުކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ