149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން - ފޮޓޯ: ފުލުހުން

149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އެކަކު ކޯޓުން ދޫކޮށްލައިފި

ގދ. އަތޮޅު ފަޅުރަށެއް ކަމަށްވާ ހުޅުވާރުލުން 149 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހައްޔަރުކުރި އެކަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.

އެރަށުގައި ވަޅުލާފައިހުރި މިމަސްތުވާތަކެތި ފެނިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މިމައްސަލައާއި ގުޅިގެން ފަސްމީހަކުވަނީ ހައްޔަރުކޮށްފައެވެ. ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ގައްދޫ ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރުކުރި މިފަސް މީހުންގެ ތެރެއިން ދޫކޮށްލާފައިވަނީ ގއ. ނިލަންދޫ / ދިހްޝާންވިލާ، އަލީ ޝާކިރުއެވެ. އަދި ބާކީ ތިބި ހަތަރު މީހަކު އަދިވެސް ބަންދުގައި އެބަތިބި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލްވަނީ ވިދާޅުވެފައެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނަށް ތުޙުމަތު ކުރެވެނީ ލޯންޗަކުން ހުލުވާރޮލަށް މަސްތުވާތަކެތި ގެނެސް، ޑިންގީއަކަށް އަރުވައިގެން ރަށަށް ބާލައި ވަޅުލި ކަމުގެ ތުހުމަތެވެ. އެމީހުން ހައްޔަރު ކުރި އިރު ލޮންޗުންވެސް ޑިންގީއިންވެސް މަސްތުވާތަކެތި ފެނިފައި ނުވާ ކަމަށް ފުލުންވަނީ ވިދާޅުވެފައެވެ.

އަދި ފަޅު ރަށުގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ ކިހިނެއް އެތެރެ ކުރި އެއްޗެއް ކަން ސާފު ނުވާ ކަމަށާއި ވަޅު ލާފައި ހުއްޓާ މަސްތުވާތެކެތި ފެނުނީ މި މައްސަލައިގައި ހައްޔަރު ކުރި މީހުން ދިން މައުލޫމާތުންގެ މައްޗަށް ބިނާ ކޮށް ކަމަށް ފުލުން އޭރުވަނީ ވިދާޅުވެފައެވެ.

ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 260 މިލިއަން ރުފިޔާއަށް އަރާއިރު އޭގެތެރޭގައި ހިމެނެނީ އޮޕިއޭޓްސް އާއި ކެނަބިސްއެވެ. އެއީ އަޅާފައި ހުރި ޕެކެޓުތަކާ ނުލައި، 96.36 ކިލޯގެ އޮޕިއޭޓްސް އާއި 47.27 ކިލޯގެ ކެނަބިސްއެވެ.

މިއީ ފުލުހުން ހިންގި އޮޕަރޭޝަނެށްގައި މަސްތުވާތަކެތި އެންމެގިނަ އަދަދަކަށް ފެނުނު އޮޕަރޭޝަނެވެ. މިއޮޕަރޭޝަން ހިންގުމަށް 72 ގަޑި އިރު ހޭދަވިކަމަށް ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ