ބީއެމްއެލް ފުނަދޫ ބްރާންޗުން އެރަށު ސުކޫލަށް އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓ: ބީއެމްއެލް

ބީއެމްއެލް ފުނަދޫ ބްރާންޗުގެ އެހީއެއް އެރަށު ސުކޫލަށް!

ބީއެމްއެލް ށ.ފުނަދޫ ބްރާންޗުން، އެރަށު ސުކޫލަށް ޒިޔާރަތްކޮށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ، ބީއެމްއެލްގެ ފުނަދޫ ބްރާންޗުން އެރަށު ސުކޫލަށް ޒިޔާރަތްކޮށް އެ ސުކޫލުގެ ލައިބްރަރީ އިތުރަށް ތަރައްގީކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަން މެނޭޖަރ މުހައްމަދު ސައީދު "ފެށުމަށް" ވިދާޅުވީ ބީއެމްއެލް އިން އަބަދުވެސް އަތޮޅުތެރޭގެ ސުކޫލްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ފުނަދޫ ސުކޫލުން ބޭނުންވީ އެ ސުުކޫލުގެ ލައިބްރަރީއަށް ފޮތް ހަރެއް ކަމަށާއި، އެހެންކަމުން އެ ސުކޫލަށް ހަދިޔާކޮށްފައިވަނީ ފޮތް ހަރެއްކަމަށެވެ.

މި ޑޮނޭޝަންގެ ސަބަބުން ކިޔަވައިދިނުމަށް ފުރިހަމަ މާހައުލެއް ގާއިމުކުރެވޭނެ ކަމަށާއި އަދި ދަރިވަރުންނަށް ގިނަގުނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އުންމީދުކުރާކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މީގެކުރިން ބީއެމްއެލްއިން ވަނީ ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާހަށް ބޭނުންވާ ވަސީލަތްތައްވެސް ފޯރުކޮށްދީފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ފައިސާ ލިބޭއިރު، އެ ބޭންކް އިން ތަޢާރަފް ކުރި "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް" އަށް ގިނަ ބައެއްގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ޕްރޮގްރާމް އިފްތިތާޙުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމަޢުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް" ގެ ނަމުގައި މުޅި ރާއްޖެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގުރާމުގެ ދަށުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ