އީރާނުގެ ރައީސް ހަސަން ރޫހާނީ

ރަސޫލާއަށް ކުރެވޭ ފުރައްސާރައަކީ އެންމެހާ މުސްލިމުއްނަށް ކުރެވޭ ފުރައްސާރައެއް: ރޫހާނީ

ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ކުރެވޭ ފުރައްސާރައަކީ އެންމެހާ މުސްލިމުއްނަށް ކުރެވޭ ފުރައްސާރައެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެއެވެ.

ޓީވީ އިން ދުރަށް ދެއްކި އީރާން ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ، "ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ފުރައްސާރަ ކުރުމީ އެންމެހާ މުސްލިމުއްނަށް ފުރައްސާރަ ކުރުން، ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم އަށް ފުރައްސާރަ ކުރުމަކީ އެންމެހާ ރަސޫލުންނަށް ފުރައްސާރަ ކުރުން"

މީގެއިތުރުން، ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ދެކެ އެންމެހާ މުސްލިމުތަކުއްނާއި އަދި މިނިވަންކަމަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުން ލޯބިވާކަން ހުޅަނގުގެ މީހުން ދައްނަންވާނެކަންވެސް ރޫހާނީވަނީ ވިދާޅުވެފައެވެ.

ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم ގެ ކާޓޫން ކުރުހައި މުސްލިމުއްނާއި ދިމާކުރުމުގެ ކެމްޕެއިނެއް ހުޅަނގުގައި ހާއްސަކޮށް ފުރާންސުގައި ފެށިފައިވާއިރު މި އަމަލުތައް ކުއްވެރިކޮށް މުސްލިމް މެޖޯރިޓީ އޮއްނަ ގައުމުތަކުން މިހާރުވަނީ ބަސްބުނަން ފަށައިފައެވެ.

މިގޮތުން މުސްލިމް މެޖޯރިޓީ އޮއްނަ ގައުމުތަކުގެ ސަރުކާރުތަކުން ފުރާންސުގެ މި އަމަލު ކުށްވެރި ކޮށްފައިވާއިރު އެގައުމުތަކުގެ ގިނަ ރައްޔިތުން އައްނަނީ ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލައި މީސްމީޑިއާގެ އެކިއެކި ވަސީލަތްތަކުގައި އަޑު އުފުލަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ