އެމެރިކާގައި 800،000 ކުޑަކުދިން ކޮވިޑް-19 އަށް ޕޮޒިޓިވް

އެމެރިކާގައި 800،000 އާއި ގާތްކުރާ އަދަދަށް ކުޑަކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

އެމެރިކަން އެކަޑަމީ އޮފް ޕެޑްރިއެޓްރިކް އިން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާގެ 500،000 ކުޑަކުދިންނަށް ވުރެ ގިނަ ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެގޮތުން 9 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 11 އިންސައްތަ އަކީ ކުޑަކުދިންނެވެ.

ދުނިޔޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމަކީ އެމެރިކާއެވެ. އެގޮތުން މިހާތަނަށް އެމެރިކާގައި  ޖުމްލަ 9،086،305 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލިން ރަނގަޅުވެފައިވަނީ 5،901،556 މީހުންނެވެ. އަދި 232،709 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ