އިންސްޓަގަރަމް އަށް ލީ ފޮޓޯއަކުން ކަރަންޓީނާއި ހިލާފުވިކަން އެނގުމުން 8،500 ޑޮލަރުން ޖޫރިމަނާކޮށްފި

އެމެރިކާގެ ކޮލެޖެއްގައި ކިޔަވާ ކުއްޖަކު އިންސްޓަގްރަމް އަށް ލީ ފޮޓޯއެއްގެ ސަބަބުން ކަރަންޓީނުގެ ގަވާއިދާއި ހިލާފުވިކަން އެނގި ޖަލަށް ދިޔުމުގެ ބަދަލުގައި 8،500 ޑޮލަރުގެ ޖޫރިމަނާއެއް ދައްކައިފިއެވެ.

އުމުރުން 22 އަހަރުގެ ކެރީސް އެން އިންގަރަމް މެންޗެސްޓަރ އިން އައި ފްލައިޓްގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާ ވަނީ އައިސޮލޭޓް ވާން އަންގައިފައެވެ.

ނަމަވެސް އޭނާ ފިހާރަތަކަށް ޝޮޕިން އަށް ގޮސް ރެސްޓޯރެންޓަކަށް ކާން ގޮސްފައި ވެއެވެ. އަދި ފަސޭހަކަމާއި އެކު މިކަން އެނގިފައިވަނީ އިންސްޓަގްރަމް އަށް އޭނާ ލީ ފޮޓޯއެއްގެ ސަބަބުން ކަމަށް ކޯޓުގެ އަޑުއެހުންތަކުގައި ބުނެފައިވާކަމަށް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

އިންގަރަމް ވަނީ މިކަމަށް އެއްބަސްވެ 6 މަހަށް ޖަލަށް ދިޔުމުގެ ބަދަލުގައި ޖޫރިމަނާ ދައްކަން އެއްބަސްވެފައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ