ސައުތް އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ ކަރަންޓީނުގައި!

ސައުތް އެފްރިކާގެ ރައީސް ސިރިލް ރަމަޕޯސާ ބައިވެރިވެ ވަޑައިގަން ކެއުމެއްގައި ބައިވެރިވި ފަރާތެއް ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ކަރަންޓީނު ވެއްޖެއެވެ.

ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ރައީސްގެ ކިބައިން ނުފެންނަ ކަމަށާއި އަދި މަގާމުގެ މަސްއޫލިއްޔަތު ކަރަންޓިނުގައި ހުންނެވި ނަމަވެސް ކުރައްވާނެ ކަމަށް އެގައުމުގެ ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ލީޑަރުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕާއި ޔޫކޭގެ ޕްރައިމް މިނިސްޓަރ ބޮރިސް ޖޯންސަން އަދި ޕޮލެންޑްގެ ރައީސް އެންޑަރަޒެޖް ޑޫޑާ ހިމެނެއެވެ.

ރަމަޕޯސާ ބައިވެރިވެފައިވަނީ ފަންޑްރެއިސް ކުރުމަށް "އެޑޮޕްޓް އަ ސްކޫލް ފައުންޑޭޝަން" އިން މިދިޔަ ހޮނިހުރު ދުވަހު ބޭއްވި ކެއުމެއްގައެވެ.

މި ކެއުމުގައި 35 ފަރާތަކުން ބައިވެރިވެފައިވާއިރު، ކެއުމުގައި ބައިވެރިވި ފަރާތެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމަތްތައް ފެނުމުން ޓެސްޓް ހަދާފައިވެއެވެ. އަދި މި ޓެސްޓްގެ ނަތީޖާ އަންގާރަ ދުވަހު ލިބިފައިވާއިރު އެ ޓެސްޓުން އޭނާ ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

މި ކެއުމުގައި ރައީސް ރަމަޕޯސާ ބައިވެރިވި އިރު މާސް ނަގާފައިވަނީ ކެއުމަށް އެކަނި ކަމަށް އެ ގައުމުގެ ރައީސް އޮފީހުން ބުނެފައި ވެއެވެ.

ސައުތް އެފްރިކާ އަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުން މިހާތަނަށް 717،851 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު މި ބަލީގައި 19،053 މީހުން ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ