އުކުޅަހުގައިވެސް ބީއެމްއެލްގެ އޭޓީއެމްއެއް ހުޅުވައިފި

އއ. އުކުޅަހުގައިވެސް ސެލްފް ސާވިސް ބޭންކިން އޭޓީއެމްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

ބީއެމްއެލްއިން ވިދާޅުވީ، މިއީ މި ކުންފުނިން އަތޮޅުތެރެއާއި މުޖުތަމަޢުއަށް އެހީތެރިކަން ފޯރުކޮށްދިނުން ފުޅާކުރުމުގެ ދަށުން ތޮއްޑޫގައި ހުޅުވި އޭޓިއެމްއެއްކަމަށެވެ.

ތޮއްޑޫގައި މި ހުޅުވި ސެލްފްސަރވިސް ބީއެމްއެލް ބޭންކިން އޭޓީއެމްއިން، 24 ގަޑިއިރު ޙިދުމަތް ހޯދޭނެއެވެ. އެގޮތުން އަމިއްލަ ފަރުދުންނަށާއި ވިޔަފާރިތަކަށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޙިދުމަތް ފޯރުކޮށްދޭނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

އއ. އުކުޅުހަގެ އުތުރުން އެ އަތޮޅު ތޮއްޑޫގައިވެސް ބީއެމްއެލްއިން ދާދިފަހަކުން ވަނީ ސެލްފް ސަރވިސް ބޭންކިން އޭޓީއެމްއެއް ހުޅުވާ ޙިދުމަތް ދޭންފަށައިފައެވެ. މީގެ އިތުރުން ރަސްދޫގައިވެސް ބީއެމްއެލްގެ އޭޓީއެމްއެއް ހުރެއެވެ.

މީގެ އިތުރުންވެސް، ބީއެމްއެލް އިން އަންނަނީ  ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭންކުގެ ޙިދުމަތް ފުޅާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ