ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން

ދެވަނަ ފަހަރަށް ފްރާންސް ލޮކްޑައުން ކޮށްފި

ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސް އިން ޕޮޒިޓިވްވަ މީހުންގެ އަދަދު އިތުރުވަމުންދާތީ ދެވަނަ ފަހަރަށް ފްރާންސް ލޮކްޑައުން ކޮށްފިއެވެ.

ފްރާންސް ދެ ވަނަ ފަހަރަށް ލޮކްޑައުން ކުރިކަން އިއުލާންކޮށްފައިވަނީ ރޭގެ ވަގުތެއްގައި ރައީސް އެމެނުއަލް މެކްރޮން އެވެ. މެކްރޮން ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މީހުންނަށް ބޭރަށް ނިކުމެވޭނީ ސިއްޙީފަރުވާއަށް ނުވަތަ އަސާސީ ބޭނުމަށްއެކަނިކަމަށެވެ. އަސާސީ ބޭނުންތަކުގެ ތެރޭގައި ކާބޯތަކެތި ގަތުމާއި ބޭސްފަރުވާ ހިމެނެއެވެ.

މީގެއިތުރުން ލޮކްޑައުންގެ ހާލަތުން ނަގަންދެން ނުވަތަ އިތުރު ލުއިތަކެއް ދިނުމާއިހަމައަށް ފްރާންސްގެ ރެސްޓޯރެންޓްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ސްކޫލް ތަކާއި ފެކްޓްރީތައް ހުޅޫޥާފައިބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް 19 ގައި މަރުވާމީހުންގެ އަދަދުވެސް ވަނީ ފްރާންސްގައި އިތުރުވާނަފަށާފައެވެ. އެގޮތުން މިހާތަނަށް 35,541 މީހުން ފްރާންސްގައި ވަނީ މަރުވެފައެވެ.

މެކްރޮން ބުނެފައިވަނީ ގައުމު މިއޮތީ ދެވަނަ ރާޅަކާއި ކުރިމަތިލާން ޖެހިފައިކަމަށާއި ދެވަނަ ރާޅުގެ ގެއްލުން ބޮޑުވާނެކަމަށެވެ.  ފްރާންސް ލޮކްޑައުން ކޮށްފައިވަނީ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހާއި ހަމައަށެވެ.

ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ މިލިއަނަކަށް ވުރެ ގިނަވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ