ބާރުގަދަ ބިންހެލުމަކާއެކު ތުރުކީއަށް ސުނާމީއެއް އަރައިފި

ބާރުގަދަ ބިންހެލުމަކާއެކު ތުރުކީވިލާތަށް ސުނާމީއެއް އަރައިފިއެވެ.

މީޑިއާ ރިޕޯޓްތަކުގައި ވާގޮތުން 7.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ތުރުކީގެ ބައެއް ސިޓިތަކުގެ އިތުރުން ގްރީސްއަށްވެސްވަނީ ކޮށްފައެވެ. ބާރުގަދަ މި ބިންހެލުމެއްގައި ގިނަ އިމާރާތްތަކެއް ފުނޑުފުނޑުވެފައިވާއިރު، ސުނާމީއެއް އެސަރަޙައްދުގައި ސުނާމީއެއްވެސް މިހާރުވަނީ އުފެދިފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ސުނާމީގެ ސަބަބުން ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިޒްމިރްގައި ފެންބޮޑުވެފައިވާ މަންޒަރު ފެނެއެވެ.

އައިޖިއަން ކަނޑަށް އައިސްފައިވާ މި ބިންހެލުމުގެ އަސަރު 14 ކިލޯމީޓަރު ދުރަށް ކޮށްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މި ބިންހެލުމުގެ އަސަރު އިރުމަތީ ގްރީކް އައިލެންޑްސްގެ ބޮޑު ސަރަޙައްދަކަށްވެސް ކޮށްފައިވާއިރު، އަލްޖަޒީރާއާއި ވާހަކަ ދައްކަމުން އެތެންސްގެ ސްކޫލް ކައުސެލިންގެ ކޯޑިނޭޓަރެއްކަމަށްވާ އެނާ މަކްރިސް ބުނީ މީގެކުރިންވެސް އެސަރަޙައްދަށް ބިން ހެލުމުގެ އަސަރުކުރާކަމަށާއި، ނަމަވެސް މިހާ ގިނަ އިރުވަންދެން އޭގެ އަސަރުކުރި ބިންހެލުމެއް އަދި މިހާތަނަށް އޭނާގެ ހަނދާނުގައި ނާންނަކަމަށެވެ.

އަދި މި ބިންހެލުމުގެ އަސަރާއެކު ބައެއް ފަރުބަދަތަކުން ކޮންމެވެސް ވަރަކަށް ހިލަފައިބާތީ، ގްރީކްގެ ރަށެއްކަމަށްވާ ސަމޯސްގެ އިތުރުން ބައެއް ރަށްރަށުގެ މީހުން އެމީހުންގެ ގެތަށް ދޫކޮށް ގޮސްފައިވާކަމަށްވެސް ގްރީކްގެ މީޑިއާތަކުގައި ބުނެފައިވެއެވެ.

ޖީއެމްޓީ ގަޑިން މިއަދު 11:50 ހާއިރު އައި މިބިން ހެލުމުގެ ސަބަބުން ގާތްގަނޑަކަށް 20 ވަރަކަށް އިމާރާތް ހަލާކުވެފައި ވާނެކަމަށް ތުރުކީ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.

ތުރުކީގެ ރައީސް ރިކެޕް ތައްޔިޕް ވިދާޅުވެފައިވަނީ ބިންހެލުމުގައި އަސަރުކުރި ފަރާތްތަކާއެކު ވާކަމަށާއި، ބިންހެލުމުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީތަކާއި ގުޅިގެން އަޅަމުންދާކަމަށެވެ. އަދި މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ހަތަރަކަށް އަރާފައިވާއިރު، 120 މީހަކަށް ވަނީ ގެއްލުންވެފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ.

މިލިޔުން ކިޔާލުމުން
15391
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ