"ކިޔާދޫތަކުން" ގެ ކަވަރ ގެ ވީޑިއޯ ލަވައިގެ މަންޒަރެއް

ނަސްރުގެ ދުވަހަށް "ކިޔާ ދޫތަކުން": މަހްލޫފާއި އެލީގެ ހާއްސަ ހުށަހެޅުމެއް!

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފާއި އޭނަގެ ކުޑަ އަންހެން ދަރިފުޅު އެލީ ގެ އަޑުން ކިޔާފައިވާ ނަޞްރުގެ ދުވަހުގެ ހާއްސަ ލަވަ "ކިޔާ ދޫ ތަކުން މީ"ގެ ހާއްސަ ކަވާ ވަރޝަންއެއް، މިއަހަރު ފާހަގަކުރާ ނަޞްރުގެ ދުވަސް، ނޮވެމްބަރު 3 ގައި ރިލީޒްކުރާނެކަން ހާމަކޮށްފިއެވެ.

މަހްލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް މިލަވައިގެ ވީޑިއޯގެ ކުޑަ ޓްރެއިލާކޮޅަކާއެކު މިކަން ހާމަކޮށް ޓްވީޓުކޮށްފައިވެއެވެ. ނަޒޫގެ މި ޓްވީޓުގައި ބުނެފައިވަނީ، "ކިޔާ ދޫ ތަކުން މީ" މި ލަވައަކީ އޭނަގެ ދަރިފުޅަށް ވަރަށް ކަމުދާ ލަވައެއްކަމަށެވެ. އެހެންކަމުން އެލީއަށް މި ލަވަ ކަމުދިއުމުގެ ސަބަބުން، އޭނަގެ ބައްޕަ، މަހްލޫފާއެކުު މި ލަވައިގެ ކަވާ ލަވައެއް ކިޔަން ނިއްމީކަމުގައި ބުންޏެވެ.

މި ލަވައިގެ ރިކޯޑިންގެ މަންޒަރެއް މީގެ ކުރިންވެސް މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ. އެގޮތުން މި ލަވަ ރެކޯޑު ކޮށްދިނުމަށް ލަވަކިޔުންތެރިޔާ އިބްރާހިމް ޒައިދު (ކުޑަ އިއްބެ) ވެދިން އެހީތެރިކަމަށް ނަޒޫ ވަނީ ޝުކުރު އަދާކޮށްފައެވެ.

ނަޒޫ ހިއްސާކޮށްފައިވާ މި ލަވައިގެ ޓްރެއިލާ ކޮޅުން، މަހްލޫފާއި އެލީގެ އިތުރުން ނެށުމުގެ ހަރަކާތްތައްވެސް ވީޑިއޯއިން ފެނިގެންދެއެވެ. އެގޮތުން މި ލަވައިގެ ކޮރެއޮގްރަފީ ހަދައިދީފައިވާ، ނުހާ، ސާލިމް(ބަގްސީ) އަދި ރަފްހާން(ކޮއްކޮ) އަށްވެސް ނަޒޫ ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ލަވަ ރިލީޒްކުރާނީ އަންނަ ނޮވެމްބަރު 3 ގައި ފާހަގަކުރާ ނަސްރުގެ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
61
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ