ފުވައްމުލަކު ކުޑަކުދިންގެ ޕާކް، ފޮޓޯ: މިނިސްޓަރ މަހްލޫފް/ޓްވިޓާ

104 ރަށުގައި ކުޑަކުދިންގެ ޕާކް ގާއިމްކުރަން ކުޅޭ ސާމާނު ދަނީ ފޮނުވެމުން - މަހްލޫފް

104 ރަށުގައި ކުޑަކުދިންގެ ޕާކް ގާއިމްކުރަން ކުޅޭ ސާމާނު ދަނީ ރަށްރަށަށް ފޮނުވެމުން ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން 104 ރަށެއްގައި ކުޑަކުދިންގެ ޕާރކު އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި އަދި ޕާކް ގާއިމްކުރަން ބޭނުންވާ ކުޅޭ ސާމާނު މިހާރު ދަނީ ރަށްރަށަށް ފޮނުވެމުންކަމަށެވެ.

އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ ވަރަށް ގިނަ ރައްތަކެއްގައި ކުޑަކުދިންގެ ޕާކް އެޅުމަށް ޔޫތް މިނިސްޓްރީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނު ގިނަ ރައްތަކެއްވެސް ހިމެނެއެވެ.

ކުރިއާ ޚިލާފަށް މިއަދު ރާއްޖޭގެ ގިނަ ރަށްތަކަކީ ކުޑަކުދިން ހިތްއުފާކޮށްލާނެ ރީތި ޕާކުތަކުން ޒީނަތްތެރިކުރެވިފައިވާ ރަށްތަކަކެވެ. މިކަމުގައި ޔޫތު މިނިސްޓްރީއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ޔޫތް މިނިސްޓްރީން އަންނަނީ ރަށްރަށުގައި ފުޓް ބޯޅަ ދަނޑުތަކުގައި ޓާފް އަޅައި ދަނޑުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތާއި ރަށްރަށުގައި އައުޓްޑޯރ ޖިމްތައް ގާއިމް ކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ