އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ހާމަކޮށް މިނިސްޓްރީ އޮފް ފިނޭންސް އިން ބުނީ، 2021 ވަނަ އަހަރުގެ ދައުލަތުގެ ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ.
ބަޖެޓުގެ ތަފްސީލް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރް މަޖިލީހުގައި ދެއްވާ ބަޖެޓް ސްޓޭޓްމެންޓުގައި ކަމަށްވެސް މިނިސްޓްރީ އޮފް ފިނޭންސް އިން މައުލޫމާތު ދެއެވެ.
The proposed 2021 Budget has been submitted to Parliament, details of which will be revealed during the Budget Statement delivered by Minister of Finance.
— Ministry of Finance (@MoFmv) October 31, 2020
މާލިއްޔަތު ގާނޫނު ބުނާ ގޮތުން ކުރީ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހެއެވެ.
ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމާ ގުޅިގެން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ރިވައިޒް ކުރުމަށް ފަހު އަލުން ހުށަހަޅާނެ ކަމަށެވެ.




