ކޮވިޑް-19 އަށް ރޭންޑަމް ސާމްޕަލް ނެގުން | ފޮޓޯ: ޕީއެސްއެމް

ކޮވިޑް-19ގެ ކޭސްތައް މަދުވިޔަސް މިއީ އިތުރަށް ފަރުވާތެރިވާންވީ ވަގުތު!

ކޮވިޑް-19ގެ ކޭސްތައް މަދުވިޔަސް މިއީ އިތުރަށް ފަރުވާތެރިވާންވީ ވަގުތު ކަމުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދަނީ ތިރި ވަމުންނެވެ. ނަަމަވެސް މިއީ ފަރުވާ ކުޑަކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދޫ ދޭންވީ ވަގުތެއް ނޫނެވެ.

އެޗްޕީއޭ އިން ވިދާޅުވީ، ކޮންމެ ދުވަހަކު ފެންނަމުންދާ ކޯވިޑް-19 ގެ ކޭސްތަކުގެ އަދަދު ދަށަށް ދިޔަނަމަވެސް މިއީ އިތުރަށް ފަރުވާތެރިވާންވީ ވަގުތު ކަމުގަޔާއި ބަލި ފެތުރޭ މިންވަރު މިގޮތުގައި ދެމެހެއްޓޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

އެގޮތުން އެޗްޕީއޭ އިން ވަނީ ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށާއި މަގުމަތީގައި ރަނގަޅަށް މާސްކު އެޅުމާއި ގިނަ މީހުން އެއވާ ތަންތަނުގައި ގައިދުރުކަން ބެހެއްޓުމާއި އަދި ކޮންޓެކްޓް ބަބުލް ކުޑަކުރުމަށް އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވާގޮތުގައި އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައިވަނީ 16 މީހުން ކަމަށެވެ. ފައްސިވި 16 މީހުންގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި ތިން ބިދޭސީން ކަމަށެވެ. މާލެއިން މިއަދު 13 މީހުން ޕޮޒިޓިވުވިއިރު އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައިވަނީ ތިން މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 11،659 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު މި ބަލިން ރަނގަޅުވެފައި ވަނީ 10،814 މީހުންނެވެ. އަދި އެކްޓިވް ކޭސަސްގެ ގޮތުގައި 800 މީހުން މިބައްޔަށް ފަރުވާ ހޯދަމުން އަންނައިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 55 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ