ސުނާމީ ބިނާ މަރާމާތު ކުރާ ކަމަށް މޭޔަރ ޝިފާ ވިދާޅުވުމުން މުއިއްޒު ރައްދު ދެއްވައިފި

ސުނާމީ ބިނާ އެކި ފަހަރު މަތިން މަރާމާތު ކުރާ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވުމުން ކުރީގެ ހައުސިންގެ މިނިސްޓަރު އަދި އަންނަ ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް އިން މާލެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް ރައްދު ދެއްވައިފިއެވެ.

ޝިފާ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭޔަރު ޝިފާ ވިދާޅުވާ މަރާމާތްތައް ކުރި ތަން ފެނުނު މީހަކު މާލޭގައި ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ކުރީގެ ސަރުކާރުގައި އެފަދަަ ތަންތަން ދިޔައީ ވަރަށް ބޮޑަށް ބަަލަހައްޓަމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ސަރުކާރުގައި ތިޔަ ތަން ވެސް އަދި ދެން އަޅުގަނޑުމެން ހެދި 11 ޕާކް ވެސް ގެންދިޔައީ ކޮންމެ ދުވަހަކު ކުނި ކަހާ، ސާފުތާރިކޮށް ބަލަހައްޓަމުން، މިހާރު މި ފެންނަ އިހްމާލްގެ މަންޒަރެއް އޭރު ނުފެންނާނެ،" މުއިއްޒު ވިދާޅުވިއެވެ.
https://twitter.com/MMuizzu/status/1322803413957005312?s=20
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ