ގާތްގަނޑަކަށް ފަސްމަސް ދުވަހަށްފަހު އޮސްޓްރޭލިއާއިން މިއަދު ފާހަގަ ކުރަނީ އެގައުމުން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވުވެފައި ނުވާ ދުވަހެއްގެ ގޮތުގައެވެ.
އޮސްޓްރޭލިއާގެ އެއްވެސް ސިޓީއަކުން މިއަދު ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވުވެފައި ނުވާއިރު މިބަލީގައި މީހަކު އޮސްޓްރޭލިއާއިން މަރުނުވާތާ މިއީ ޖެހިޖެހިގެން ދެވަނަ ދުވަހެވެ.
އޮސްޓްރޭލިއާގެ ސިއްހީ ވަޒީރު ގުރެގް ހަންޓް ވިދާޅުވެފައިވަނީ މިއަދަކީ ޖޫން ނުވަވަނަ ދުވަހަށްފަހު އެގައުމުން ކޮވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވުނުވާ ފުރަތަމަ ދުވަސް ކަމަށެވެ. އަދި މިކަމުގެ އުފަލުގައި ގުރެގްވަނީ އެންމެހާ ސިއްހީ މަސައްކަތްތެރިންނަށާއި އަދި އޮސްޓްރޭލިއާގެ އާންމު ރައްޔިތުންނަށް ޝުކުރު ދައްނަވައިފައެވެ.
Zero community transmission cases today - Australia wide. The first national zero community transmission day since June 9.
Thank you to all of our amazing health & public health workers & above all else, the Australian people. pic.twitter.com/jYuFO54mHj
— Greg Hunt (@GregHuntMP) November 1, 2020
އޮސްޓްރޭލިއާގައި މިވަގުތު ކޮވިޑް-19 ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު އުޅެނީ 200 އިން ދަށުގައެވެ. މުޅި ޖުމްލަ އެގައުމުން މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 27,595 އެވެ. މިބަލީގައި މަރުވި މީހުންގެ އަދަދަކީ 907 އެވެ.