ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވައިފައިވާ އެންމެހާ ޖަލު ހުކުމްތަކަކުން ސަލާމަތް ވުމާއެކު އެމަނިކުފާނުގެ ވަގުތުތައް އާއިލާ އެކު ހޭދަކުރައްވަން ފައްޓަވައިފިއެވެ.
މިގޮތުން އެމަނިކުފާނު މިއަދު ޓުވިޓަރގައިވަނީ ވަރަށް ތަފާތު ކަމެއް ހިއްސާކުރައް ވައިފައެވެ. އެގޮތުން އަދީބު ވިދާޅުވެފައިވަނީ ފުރަތަމަ ފަހަރަށް މުޅިން އަލަށް މިއަދު އެމަނިކުފާނުގެ ފިރެހެން ދަރި އިޒްޔާންގެ ބޯކޮށައިފި ކަމަށެވެ. މިހެން ވިދާޅުވީ ވަނީ ދަރިފަޅު އިޒްޔާންގެ ފޮޓޯ އެއް ޓުވިޓަރގައި ހިއްސާ ކޮށްފައެވެ.
Just gave my first Haircut to my Son Izyan ? pic.twitter.com/aPr3Qw21mQ
— Ahmed Adeeb (@Ahmed_Adeeb) June 1, 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ އެންމެ އަރިސް އަދި އޭރު ސަރުކާރުގެ އެންމެ ބާރާއި ނުފޫޒު ގަދަ އަދީބު ޖަލަށް ލީ، ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ. އެމްއެމްޕީއާރުސީގެ 1.3 މިލިއަން ރުފިޔާގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލީ އެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ ނޫން ވެސް އެކި ކުށްތަކުގައި އެމަނިކުފާނަށް 33 އަހަރުގެ ޖަލު ހުކުމް އިއްވި އެވެ.
ނަމަވެސް އަދީބު މިއަދުވަނީ މިއެންމެހާ ޖަލު ހުކުމްތަކަކުން ސަލާމަތް ވެފައެވެ. މިގޮތުން އިއްވި ހުކުމްތައް އަލުން ބަލަން ހައިކޯޓުންވަނީ ދަށު ކޯޓުތަކަށް އަމުރު ކޮށްފައެވެ.
އެންމެހާ ޖަލު ހުކުމަކުން ސަލާމަތްވުމަށް ފަހު އަދީބު އަދި ސިޔާސީ އެއްވެސް މަސައްކަތެއްގައި ހަރަކާތްތެރިވާތަން ނުފެނެއެވެ. ފެންނަނީ ޖަލުގައި އޮއްނަވަން ޖެހުމުން އާއިލާ އަށް ނުދެވުނު ވަގުތު ދެއްވުމަށް މަސައްކަތް ކުރައްވާ ތަނެވެ.




4 Responses
ހަބަރު ލިއުނު ގޮލާ އަށް ނޭންގެނީތަ އިނގިރޭސި؟ ޓްވީޓް ގައި އެ އޮތީ އަދީބު އެ ކުއްޖާގެ ބޯ އަލަށް ކޮށައިދިނީއޭ. އެކުއްޖާ އަލަށް ބޯ ކޮށި ވާހަކަ އެއް ނޫން.
މިވެސް ހަބަރެއް..ތިބޮލެއްއް ކޮށިއްޔާ ނު.؟ އަދީބު އަނބިމީހާއާއި އެއްކޮށް ނިދާވާހަކަވެސް ޖަހާލަންވީނު.؟ އެކަން ނޭންގޭ ބަޔަކުވެސް އުޅެފާނެ..
Brw siyaakama ulhenveenu Avaskure
Adhi kameh nuvegen ulhey vareh nuve ennu ,iyye ga viyyaa thi vee kameh vee ,noos veriyaa mi ulhenee mi qaumuga tha??