96 ބިޔަރު ދަޅާ އެކު ދެ މީހަކު ހައްޔަރު ކޮށްފި

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިންނެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ވަނީ އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައިކަމަށެވެ. އަދި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ