އެމެރިކާގެ ރިޔާސީ އިންތިހާބު އެއްވަރުވެއްޖެނަމަ ދެންވާނީ ކިހިނެއް؟

މިފަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބު ވެގެންގޮސްފައި މިވަނީ ނަތީޖާ އަންދާޒާ ކޮށްލަން އަދި ނޭންގޭ ވަރަށްވެސް ވާދަވެރި އިންތިހާބަކަށެވެ. މިވަގުތު ގުނި ވޯޓުގެ ނަތީޖާ ދައްކާގޮތުން އިންތިހާބުގައި ވާދަކުރައްވާ ޖޯ ބައިޑަން އާއި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުޅުއްވަނީ ދާދި ގާތްގާތުގައެވެ.

އިލެކްޓޯރަލް ވޯޓުގައި ޓްރަމްޕް ފަހަތުގައި އުޅުއްވާއިރު އެވޯޓުގައި ބައިޑަން އުޅުއްވަނީ ކުރީގައެވެ. ގިނަ ސްޓޭޓްތަކުގެ އާންމުންގެ ވޯޓުން ޓްރަމްޕް ކުރީގައި އުޅުއްވާއިރު ބައިޑަން އުޅުއްވަނީ ފަހަތުގައެވެ.

ރައީސްކަން ހޯއްދެވުމަށް 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން މަދުވެގެން 270 ވޯޓު ހޯއްދަވަން ޖެހެއެވެ. މިހާރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބައިޑަންވަނީ 224 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިފައެވެ. ޓުރަމްޕަށް ކާމިޔާބު ކުރެއްވިފައިވަނީ 213 އިލެކްޓޯރަލް ވޯޓެވެ. މުހިންމު ބަޔެއް ސްޓޭޓުތަކުގެ ނަތީޖާ އަދި ނުލިބިވާތީވެ ނަތީޖާ އަދި ކޮންމެ އަތަކަށްވެސް އެނބުރުމުގެ ފުރުސަތު އެބައޮތެވެ.

މިހާލަތުގައި ބަޔެއް ފަރާތްތަކުން އުފައްދަމުން އަންނަ ސުވާލަކީ މި ދެބޭފުޅުންގެ ވޯޓު އެއްވަރު ވެދާނެތޯއާއި އަދި އެއްވަރުވެއްޖެނަމަ ދެން ކަންތައް ވެގެންދާނީ ކިހިނެއްތޯއެވެ. އިންތިހާބުގެ ނަތީޖާ އެއްވަރު ވުމުގެ ފުރުސަތު އެބައޮތެވެ. މިގޮތުން އިލެކްޓޯރަލް ވޯޓުގެ ތެރެއިން 269 ވޯޓު ހޯއްދަވައިފިނަމަ ދެ ކެންޑިޑޭޓުން އެއްވަރު ވީއެވެ.

ދެ ކެންޑިޑޭޓުން ހޯއްދެވި އިލެކްޓޯރަލް ވޯޓު އެއްވަރު ވެއްޖެނަމަ ދެން ރައީސަކު ހޮވާނީ އެމެރިކާގެ ކޮންގްރެސްއިންނެވެ. މިގޮތުން ކޮންގްރެސްގެ އެންމެ ގިނަ ވޯޓު ހޯއްދަވާ ކެންޑިޑޭޓަކު އެމެރިކާގެ ރައީސްއަކަށް ވެގެންދާނެއެވެ. މިހާލަތު އައުން އަދި ވަރަށް ނާދިރެވެ. ނަމަވެސް، މިއީވެސް ނާއްނާނެ ހާލަތެއް ކަމަށް މިވަގުތު ދެކެވޭކަށް ނެތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ