ކޮވިޑް-19: ސްރީލަންކާގެ ސްކޫލުތައް ހުޅުވުން ފަސްކޮށްފި!

ކޮވިޑް-19 ގެ މިހާރުގެ ހާލަތާއި ގުޅިގެން، ސްރިލަންކާގައި ސްކޫލުތައް ހުޅުވުން އިތުރު ދެ ހަފްތާއަށް ފަސްކޮށްފިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ސްރީލަންކާގައި މަދުނަމަވެސް، މިދިޔަ މަހު ފަހުކޮޅު ލަންކާގެ ވެރިރަށް ކޮލަމްބޯ އިން އާ ކަލަސްޓަރއެއް ފެނި ޕޮޒިޓްވާ މީހުންގެ އަދަދު އިތުރުވަމުންދާތީވެ ކޮލަމްބޯ ވަނީ ލޮކްޑައުންކޮށްފައެވެ.

މި ކްލަސްޓަރ ފެނިފައިވަނީ، ހެދުން ފަދަ ތަކެތި އުފައްދާ ފެކްޓަރީއަކުންނެވެ. އަދި އޭގެ ފަހުން މަސްމާރުކޭޓަކުންވެސް ވަނީ އިތުރު ކްލަސްޓާއެއް ފެނިފައެވެ.

މީގެ ކުރިން ސްރީލަންކާގެ ސްކޫލުތައް ހުޅުވުމަށް ޝެޑިއުލްކޮށްފައި އޮތީ ނޮވެމްބަރު މަހުގެ 9ގައެވެ. ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ސްކޫލުތައް އަންނަ ނޮވެމްބަރު މަހު 23 ގެ ނިޔަލަށް ބަންދުވާނެކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

3 މަސްދުވަހުގެ ލޮކްޑައުންއަކަށްފަހު ޖުލައިމަހު ސްރީލަންކާގައި ލޮކްޑައުން އުވާލާފައިވަނީ ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އެ ގައުމުގައި ނެތްކަމަށްބުނެއެވެ.

ސްރީލަންކާގައި މިހާތަނަށް 12,187 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރއިން 24 މީހަކުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ