ކިމް ކާޑޭޝިއަން ވޯޓު ލީ، ފިރިމީހާ ކާންޔޭއަށް ތޯ ބަލަން ފޭނުން ބޭނުންވެއްޖެ!

އެމެރިކާގެ ރިޔާސީ އިންތިހާބު ނިމި، ވޯޓު ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ދުނިޔޭގެ ގިނަ ސެލެބްރިޓީންނެއް ވަނީ އެމީހުން ވޯޓުލީކަން ހާމަކޮށް އަދި ވޯޓުލީ ކެނޑިޑޭޓެއްކަން ހާމަކޮށްފައެވެ.

އޭގެ ތެރެއިން މަޝްހޫރު ރިއަލިޓީ ޝޯ "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް"ގެ ތަރި ކިމް ކާޑޭޝިއަންވެސް ވަނީ ވޯޓު ލީކަން ހާމަކޮށްދޭ ސްޓިކާއާއެކު ފޮޓޯއެއް މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. ނަމަވެސް ވޯޓު ލީކާކަށް ކިމް ހާމަކޮށްފައިނުވާއިރު، ފޭނުން އަންނަނީ އޭނާ ވޯޓު ލީ އޭނަގެ ފިރިމީހާ ކާންޔޭ ވެސްޓަށްތޯ އެންގެން ބޭނުންވާކަމަށް ބުނަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި، ލަވަ ކިޔުންތެރިޔާ ކާންޔޭ ވެސްޓް ވާދަކުރާކަން އިއުލާންކުރުމާއެކު، އެ ޙަބަރުވީ ގިނަ ބަޔަކަށް ވަރަށް ހައިރާންކުރުވަނިވި ވާހަކައަކަށެވެ.
ކިމް ވޯޓު ލީކަން ހާމަކޮށް، މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި، ވޯތު ލައިފިންކަމަށް ކެޕްޝަންގައި ލިޔެ، އެހެން މީހުންވެސް ވޯޓުލުމަށް އެދިފައިވެއެވެ.

މި ޕޯސްޓާއެކު ގިނަ މީހުން ވަނީ އޭނާ ވޯޓު ލީ މީހެއް ބުނުމަށް އެދި އަޑު އުފުލާފައެވެ. ނަމަވެސް މީހުންގެ މި ކޮމެންޓުތަކަށް ކިމް އަދި އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ.

ކާންޔޭ އިންތިހާބަށް ކުރިމަތިލާކަން ހާމަކުރިފަހުން، އޭނަގެ އަމަލުތައް ހުރިގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކާންޔޭއަށް އަމާޒުވެފައެވެ. އެގޮތުން އޭނަގެ އަންހެނުން ކިމް ކާޑޭޝިއަން ވަރިކުރަން އުޅޭކަމަށްބުނެ އަމިއްލައަށް ވަނީ ޓްވީޓުތަކެއްވެސް ކޮށްފައެވެ. އަދި މިކަމަށް އޭނާ ފަހުން ވަނީ މައާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ