އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓަކަށް ބައިޑެން

އެމެރިކާގެ ތާރީހުގައި ވެސް އިންތިހާބެއްގައި އެންމެ ގިނަ ވޯޓު ހޯދި ކެނޑިޑޭޓަކަށް ޖޯ ބައިޑެންވެ ވަޑައިގެންފިއެވެ.

މީގެ ކުރިން އެންމެ ގިނަ ވޯޓު ހޯދާފައިވަނީ 2008 ވަނަ އަހަރު ބަރަކް އޮބާމާއެވެ. އެގޮތުން އެ އަހަރު ބަރަކް އޮބާމާ ވަނީ 69،498 ވޯޓު ހޯއްދަވާފައެވެ. ނަމަވެސް އޮބާމާގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ބައިޑެން މި އިންތިހާބުގައި ވަނީ މިހާތަނަށް 70 މިލިއަން ވޯޓު ހޯދައިފައެވެ.

އެމެރިކާގެ ރައީސް އަކަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރައީސް އަކަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސްކަން ހޯއްދެވުމަށް 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން މަދުވެގެން 270 ވޯޓު ހޯއްދަވަން ޖެހެއެވެ.

އިލެކްޓޯރަލް ވޯޓުގައި ޓްރަމްޕް ފަހަތުގައި އުޅުއްވާއިރު އެވޯޓުގައި ބައިޑަން އުޅުއްވަނީ ކުރީގައެވެ. އެގޮތުން މިހާތަނަށް ބައިޑެން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އެހެންކަމުން ގިނަ ފަރާތްތަކުން ލަފާކުރާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާނީ އިދިކޮޅު ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ