އޮކްޓޫބަރު މަހު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން އަތޮޅު ތެރެއަށް 41،757 ބަސްތާ ކާޑު ފޮނުވާފައިވާކަމަށް ބުނެފިއެވެ.
އެސްޓީއޯ އިން އާންމު ކޮސްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް އޮކްޓޫބަރު މަހު ވަނީ 506 އޯޑަރު ލިބިފައެވެ. އެގޮތުން
ފޮނުވާފައިވަނީ 18،458 ބަސްތާ ހަނޑުލާއި 17،431 ބަސްތާ ފުށާއި 5،868 ބަސްތާ ހަކުރެވެ.
އަތޮޅުތެރޭގެ އިތުރުން މާލެއިން 20،052 އޯޑަރު މިދިޔަ މަހު އެސްޓީއޯ އަށް ލިބިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެސްޓީއޯއިން މާލެއަށް 19،079 ބަސްތާ ހަނޑުލާއި 10،748 ބަސްތާ ފުށް ސަޕްލައި ކޮށްދީފައިވާއިރު 4،756 ބަސްތާ ހަކުރު ސަޕްލައި ކޮށްދީފައިވެއެވެ.
The supply of staples for October 2020. pic.twitter.com/BzNoSwqzre
— STO Plc (@stoplc) November 4, 2020
އަތޮޅުތެރޭގެ ރަށްރަށުގައި ކާޑުގެ ބާވަތްތައް ލިބޭނެ މަގު ފަހިކުރުމަށް އެސްޓީއޯއިން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކާޑުގެ ބާވަތަތައް ބޯޓުތަކާއި ހިސާބަށް ގެންގޮސްދިނުމުގެ ހިދުމަތް އެސްޓީއޯއިން ދަނީ ކުރަމުންނެވެ.
އެސްޓީއޯގެ މިއަހަރުގެ ތިން ވަނަ ކުއާޓާގެ ރިޕޯޓް މިހާރު އާންމުކޮށްފައިވާއިރު މިއަހަރުގެ ތިން ވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ލިބުނު ސާފު ފައިދާގެ އަދަދު 100 މިލިއަނަށް ވަނީ އަރައިފައެވެ.



