އުމަރު ނަސީރު | ފޮޓޯ: ސަން

އިސްލާމީ ޝަރީއަތާ ކައިރިއަށްޖެހި، ރާއްޖޭގައި ޤިޞާސް ހިފޭނެ: ޢުމަރު

ދިވެހިރާއްޖެ އިސްލާމީ ޝަރީއަތާ ކައިރިއަށްޖެހި، ރާއްޖޭގައި ޤިޞާސް ހިފޭނެކަމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.

އުމަރު މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ ހިޔާލު ހޯދުމަށްފަހު އެ ގޮތަށް ފެންނަ ނަމަ ރާއްޖޭގައި މަރުގެ ޙުކުމް އުވާލެވިދާނެކަމުގައި ބަންޑާރަ ނައިބު އިބްރާޙިމް ރިފްޢަތު ވިދާޅުވުމާއި ގުޅިގެންނެވެ.

ރޭ ކުރިޔަށް ދިޔަ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވެފައި ވަނީ ރާއްޖޭގައި މަރުގެ ޙުކުމް އުވާލުމަށް ބޭރުގެ ބައެއް ޤައުމުތަކުން ގޮވާލަމުންދާކަމަށާއި، އަދި އެކަމަށް ޑިމާންޑް ކުރަމުން އަންނަ ކަމަށެވެ.

ބަންޑާރަބައިބު ވިދާޅުވެފައި ވަނީ ރާއްޖޭގައި މަރުގެ ޙުކުމް އުވާލެވޭނީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައްޔިތުންގެ ހިޔާލު ހޯދައިގެންކަމަށެވެ.

ބަންޑާރަނައިބު މި ވާހަކަ ފުޅާއި ގުޅިގެން އުމަރު ވިދާޅުވީ ދިވެހިރާއްޖޭގައި ޤިޞާސް ހިފެނެ ކަމަށާއި އިސްލާމީ ޝަރީއަތާކައިރިއަށް ރާއްޖެ ޖެހޭނެކަމަށެވެ.

ޙައްޤަކާނުލައި މީހުން މެރުމާއި، އަންހެނުންގެ އިއްފަތްތެރިކަން ފޭރިގަތުމާއި، މަސްތުވާ އެއްޗެތި ރާއްޖެއަށް އެތެރެކުރުންފަދަ ބޮޑެތި މައްސަލަތައް ޙައްލު ކުރެވޭނީ އިސްލާމީ ޝަރީޢާގެ ތެރެއިން ކަމުގައި ޢުމަރު ނަޞީރު ވަނީ ވިދާޅުވެފައެވެ. އަދި މިކަމަށް އިންތިޒާރު ކުރުމަށްވެސް އުމަރު ވަނީ އެދިލައްވާފައެވެ.

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މިވަގުތު އޮތީ މަޑުޖައްސާލައިފައެވެ. އަދި 65 އަހަރު ވަންދެން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކޮށް އޮތް އުތުން މި ސަރުކާރުން ދަމަހައްޓާނެ ކަމުގައި 2018 ވަނަ އަހަރުގެ ތެރޭގައި ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ