ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޖޭޕީ

ކުޑަކުއްޖާ ރޭޕްކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ޖޭޕީން ގޮވާލައިފި



ޖޭޕީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޒިންމާދާރު މަގާމްތަކުގައި ތިބި ކުއްޖާގެ އާއިލާއިން ކުއްޖާގެ ބައްޕަ ހިމެނޭގޮތަށް، 2 އަހަރުގެ ތުއްތު އަންހެންކުއްޖާ އަށް ޖިންސީ ގޯނާކޮށް ރޭޕްކުރި މައްސަލައިގެ ހަބަރު އަޑުއެހީ ނުވަހު ހިތާމައާއި ކަންބޮޑުވުމާއި އެކުމަގައެވެ.

މިދިވެހި އިސްލާމީ މުޖުތަމައުގައި މަދުން ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންފަދަ ލާއިންސާނީ އަމަލުތަށ ހިންގާ ފަރާތްތަށް އުޅޭތީ މިޕާޓިން ހިތާމަކުރާކަމުގައެވެ.

ޖޭޕީން އިތުރަށް ބުނީ " އާއިލާ ޒިންމާދާރު މަޤާމްތަކުގައި ތިބެ ކުދިންނަށް ދޭންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިވާ މިފަދަ ފަރާތްތަކުން ކުރާ ހަޑި މުޑުދާރު އަމަލުތަކުން ޝިކާރަޔަކަށްވާ ކުދިންގެ ހައްގުތައް ހިމާޔަތްކޮށް އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. "

އަދި ޤާނޫނުގެ ކުރިމައްޗައް ހާޟިރުކަށް ޝަރުޢީ މަރުހަލާތައް އަވަސްކޮށް މިއަމަލު ހިންގި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އެޕާޓީން ގޮވާލަކަމަށް ޖޭޕީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.



މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ