ރާއްޖޭގެ އިޤްތިޞަދު ދައްވެ ރާއްޖޭޭގެ ކްރެޓިޑް ރޭޓިން "ސީސީސީ" އަށް ދަށްކޮށްފި އެވެ.
ފިޗް އިން ވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ ރޭޓް ދެ ފަހަރު ދަށް ކޮށްފައެވެ. އެގޮތުން އަހަރު ފެށުނު އިރު ރާއްޖޭގެ ރޭޓިން އޮތީ ބީ ޕްލަސްގައެވެ. ނަމަވެސް ފަހުން ބީ އަށް ދަށްކޮށް މިހާރު ވަނީ ސީސީސީ އަށް ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ.
ފިޗްގެ މިނިންމުމާއި ގުޅިގެން ރާއްޖެއިން ވަނީ އެ ނިންމުމާ ދެކޮޅުކަން ހާމަކުރައްވައި ބަޔާނެއް ނެރުއްވާފައެވެ. ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ މި ބަޔާނުގައި ވިދާޅުވެފައިވާ ވަނީ ފިޗް އިން ރާއްޖޭގެ ރޭޓިން ދައްކޮށްފައި ވީ ނަމަވެސް ރާއްޖޭގެ އިޤްތިޞާދު ވަނީ ރަނގަޅު ވާން ފަށާފައި ކަމަށެވެ.
މީގެ އިތުރުން ބޭރުގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކާއެކު ރާއްޖޭގެ ފައިނޭންސިން ގެޕް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ފިޗް ރޭޓް ދައްކޮށް އިއްޔެ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭއަށް ބޭރު ފައިސާ ހޯދަން ދަތިވެފައިވާކަމަށާއި އަދި ރާއްޖެ އޮތީ އިންޓަނޭޝަނަލް ކޮމިޔުނިޓީގެ އެއްބާރުލުމަށް ވަރަށް ބޮޑަށް ބޭފުން ވެފައި ކަމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައި ވަނީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ފާއިތުވި މަހު ރާއްޖެއަށް 21،000 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ގިނަ ރިސޯޓްތަކެއް މިހާރު ހުޅުވިފައިވާކަންވެސް އެމިނިސްޓްރީން ވަނީ ފާހަގަ ކުރައްވާފައެވެ.




