ކ.ހުރާ - ފޮޓޯ: ބުކިންގ.ކޮމް

ހުރާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކ. ހުރާގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ރަޝިއާ އަށް ނިސްބަތްވާ މިފަތުރުވެރިޔާ ޗުއްޓީ ހޭދަކޮށްފައިވަނީ ކ. ހުރާގެ ގެސްޓްހައުސްއަކަށެވެ.

ހުރާ ކައުންސިލްގެ ރައީސް ޢީސާ އަޙްމަދު ފެށުމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ފަތުރުވެރިޔާ ހުރާއަށް އައިސްފައިވަނީ މީގެ 14 ދުވަސްކުރިންކަމަށެވެ. އަދި ޗުއްޓީ ނިންމުމަށްފަހު ފުރުމުގެ ކުރިން ކޮވިޑަށް ކުރަންޖެހޭ ޓެސްޓްގެ ތެރެއިން އެފަތުރުވެރުިޔާގެ ޓެސްޓު އިއްޔެ ކުރެވުނުއިރު މިއަދު ލިބުނު ނަތީޖާ ކޮވިޑަށް ޕޮޒިޓިވްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރެސިންގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މިހާތަނަށް އެފަަތުރުވެރިޔާގެ ޑައިރެކްޓް ދެ ކޮންޓެކްޓެއް ފާހަގަކުރެވިފައިވާކަމަށްވެސް ޢީސަ ވިދާޅުވިއެވެ. އެއީ އެ ފަތުރުވެރިޔާއާއެކު ޑިންގީއެއްގައި މަސްބާނަށް ދިޔަ ދެމީހުންނެވެ. އެދެމީހުންވެސް މިހާރުވަނީ ކަރަންޓީނު ކޮށްފައެވެ.

ޢީސަ އިތުރަށް ވިދާޅުވީ، މިކޭސްއާއި ގުޅިގެން ރަށުން 25 ހަކަށް ރެންޑަމް ސާމްޕަލް ނަގަން މިހާރު ނިންމާފައިވާކަމަށެވެ. އެގޮތުން މިސާމްޕަލްތައް ނަގަން ނިންމާފައިވަނީ އެފަތުރުވެރިޔާ ޒިޔާރަތްކުރި ތަންތަނުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 11,893 މީހުން ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން މި ބަލިން މިހާތަނަށް ރަނގަޅުވެފައިވަނީ 11،010 މީހުންނެވެ. އަދި މިއަދު ނިޔާވި މީހާއާއެކު ރާއްޖެއިން މިބަލީގެ ނިޔާވި މީހުންގެ ޖުމްލަ އަދަދު 39 އަށް ވަނީ އަރައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ