ދޯންޏަކުން ބޭނި ކަންނެލި މަސްތަކެއް ހިފައިގެން މީހަކު މާރުކޭޓަށް ގެންދަނީ - ފޮޓޯ: ބިޒްނަސް ސްޓޭންޑާޑް

ދިވެހި ކަނޑުމަހުގެ ބާވަތްތައް ލަންކާއަށް އެތެރެކުރުން މަނާކަމަށް ފެތުރެނީ ދޮގު ޚަބަރެއް: ސަރުކާރު

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ޚަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށް މޯލްޑިވްސް ފޮރިންގެ އެފެއާރޒްއިން ބުނެފިއެވެ.

ފޮރިންގ މިނިސްޓްރީއިން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެކުރެވޭނެކަމުގެ ޔަޤީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ދެއްވާފައެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާއަށް އެތެރެކުރުން މަނާކޮށްފައިވާކަމުގެ ޚަބަރުތައް މީސް މީޑިއާގައި ފެތުރެމުންދާއިރު، ލަންކާއިން ކަނޑުމަހުގެ ބާވަތްތައް އެތެރެ ކުރުން މަނާކޮށްފައިވާކަމަށް ބުނާ ލިޔުމެއްވެސް މީސް މީޑިއާގައިދަނީ ދައުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ