ރައީސް މުޙައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް

ރައީސް ކަމަށް ބައިޑަން ނުހޮވެނީސް، ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ރައީސް ކަމަށް ޑިމަކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑެން ނުހޮވެނީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިޑެން އަށް މަރުހަބާ ދަންނަވައިފިއެވެ.

އެމެރިކާގެ ރައީސް އަކަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ރައީސް އަކަށް ހޮވިވަޑައިގަންނަވާނީ އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅެކެވެ. ރައީސްކަން ހޯއްދެވުމަށް 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން މަދުވެގެން 270 ވޯޓު ހޯއްދަވަން ޖެހެއެވެ.

އިލެކްޓޯރަލް ވޯޓުގައި ޓްރަމްޕް ފަހަތުގައި އުޅުއްވާއިރު އެވޯޓުގައި ބައިޑަން އުޅުއްވަނީ ކުރީގައެވެ. އެގޮތުން މިހާތަނަށް ބައިޑެން އަށް 264 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު ޓްރަމްޕަށް ލިބިފައިވަނީ 214 އިލެކްޓޯރަލް ވޯޓެވެ. އެހެންކަމުން ގިނަ ފަރާތްތަކުން ލަފާކުރާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާނީ އިދިކޮޅު ޑިމަކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ޖޯ ބައިޑަން ކަމަށެވެ.

ބައިޑެން އާއި އޭނާގެ ރަނިންމޭޓް ކަމީލާ ޓެގް ކުރައްވާ ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މި ތާރީހީ ކާމިޔާބީއަށް ދެމީހުންނަށް ވެސް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެމެރިކާއިން ޕެރިސް އެގްރިމެންޓަށް އަލުން ވަންނާނެ އިންތިޒާރުގައި ހުރި ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ