ވެމްކޯއާއި ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މަގުތައް ސާފު ކުރަން ނިކުމެއްޖެ

ކުރިޔަށް އޮތް ޖުމްހޫރީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުތައް ސާފުކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި އަދި މިއީ ޖުމްހޫރީ ދުވަހަށް ތައްޔާރު ވުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މާލެ ސިޓީގެ މަގުތައް ސާފު ކުރުމުގެ މިހަރަކާތުގައި މަގުތަކުގައި ހުރި ގިނަ އަދަދެއްގެ ކުންޏާއި އެކިބާވަތުގެ ތަކެތި ދަނީ ނަގައި ސާފު ކުރަމުންނެވެ. މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލާއި ވެމްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މާލޭގެ މަގުތަކަކީ ތޮއްޖެހިފައި ވާ މަގުތަކެއް ނަމަވެސް މަގުމަތީގައި ކުންޏާއި އެފަދަ ބާވަތްތަކުގެ ތަކެތި ދަނީ ބަހައްޓަމުންނެވެ. މިކަމުގެ ސަބަބުން މަގުމަތީ ދުއްވާ އުޅަނދު ފަހަރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކެެއްވެސް ދަނީ ކުރިމަތި ވަމުންވެ.

މީގެ އިތުރުން ވެހިކަލް ޕާކް ކުރުމުގެ މައްސަލައަކީވެސް މާލެގެ މަގުތަކުގައި ބޮޑުވެފައިވާ މައްސަލައެކެވެ.

މާލޭގެ މަގުތައް ސާފު ކުރުމާ ގުޅޭ ގޮތުން މާލެ ސިޓީކައުންސިލްގެ ބަހެއް ހޯދުމަށް މި ނޫހުން ކުރި މައްސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ