އެމެރިކާގައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު، އެމެރިކާގައި ކޮވިޑް-19 އަށް 10,060,464 މީހަކުވަނީ ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 242,256 މީހުން އެމެރިކާގައި މަރުވެފައިވާއިރު، ފަރުވާކުރެވި ބަލިން ރަނގަޅުވެފައިވަނީ 6,392,329 މީހުންނެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 18,303 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ.
ކޮވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މިހާރު 1,249,542 މީހުން މަރުވެފައިވާއިރު މިބައްޔަށް 49,713,859 މީހުން ވަނީ މުޅި ދުނިޔެއިން ޕޮޒިޓިވް ވެފައެވެ. މިބަލި ޖެހުމަށްފަހު މިހާތަނަށް ޖުމްލަ ރަނގަޅުވެފައި ވަނީ 35,287,674 މީހުންނެވެ.