ގދ. ނަޑެއްލާގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެވެ.
ނަޑެއްލާ ހެލްތް ސެންޓަރު ހިންގުމައި ހަވާލުވެހުރި އެޑްމިނިސްޓްރޭޓަރ ފަސީޙް ޢަލީ މިނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީ އަންހެނެއްކަމަށެވެ.
އެރަށުން ޕޮޒިޓިވް ވެފައިވާ މީހާއަކީ އެ ރަށު ހެލްތް ސެންޓަރުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުގެ އަންހެނުންނެވެ. އޭނާ ޕޮޒިޓިވް ވެފައިވާކަން އެނގުނީ ހޯމްކަރަންޓީންގެ 14 ދުވަސް ފުރިހަމަ ކުރެއްވުމަށްފަހު އިއްޔެ ނެގި ސާމްގެ ނަތީޖާ ލިބުމުންނެވެ.
އެއަންހެން މީހާގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިއަދުއެވެ.
ނަޑެއްލާއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މައްސައްކަތް މިހާރު ކުރިޔަށްދާކަމުގައި ފަސީޙް ވަނީ ވިދާޅުވެފައެވެ.
މިއީ އެރަށުން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.



