"މަރިޔަނބު" މިފަހަރު ނުކުތީ މަސްދަތުރާއި ޕިކްނިކް ހުއްޓުވަން!

ކޮވިޑް-19 އިން ރައްކާތެރިވެތިބުމަށް އަޅަންވީ ފިޔަވަޅިތަކަށް އާއްމުން ހޭލުންތެރިކުރުމަށްޓަކައި "ބީ ލައިކް މަރިޔަނބު"ގެ ނަމުގައި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އަންނަނީ ވީޑިއޯ އެޕިސޯޑުތަކެއް ގެނެސްދެމުންނެވެ.

އެގޮތުން މިއަދު ނެރެފައިވާ ވީޑިއޯގެ ޒަރިއްޔާއިން، އެޗްޕީއޭއިން އެންމެންނަށް ހަނދާންކޮށްދިނީ މި ހާލަތުގައި ޕިކްނިކް ދިއުމާއި މަސްދަތުރު ދިއުމަކީ ރަނގަޅުކަމެއް ނޫންކަމެވެ.

ސަމާސާ ކަންތައްތަކެއް އެކުލެވޭ، މީހުން ޝައުގުވެރިވާނެ ގޮތަކަށް އެޗްޕީއޭއިން އާއްމުން ހޭލުންތެރިކުރުވުމަށް ގެނެސްދޭ މި ވީޑިއޯ ތަކުގައި އެޗްޕީއޭއިން ކިޔައިދެނީ، ކޮވިޑް-19 ގެ މި ހާލަތު ރާއްޖޭގައި ރަނގަޅުވަމުން އައިކަމުގައިވިޔަސް، ފުރިހަމަ ރައްކާތެރިކަން ހޯދުމަށް އަދި ބަލި ފެތުރުން އެއްކޮން ކޮންޓްރޯލުކުރުމަށް އަދިވެސް އެންމެން މަސައްކަތް ކުރަންޖެހޭކަމަށެވެ.

"ބީ ލައިކް މަރިޔަނބު"ގެ ފުރަތަމަ އެޕިސޯޑުގައި އެޗްޕީއޭއިން އާއްމު ރައްޔިތުންނަށް ހަނދުމަށް ކޮށްދިނީ، އެންމެންގެ ރައްކާތެރިކަމަށް މި ހާލަތުގައި އަދިވެސް ރަހްމަތްތެރިންނާއި އާއިލާގެ ގެތަކަށް ޒިޔާރަތްކުރުން ރަނގަޅުނޫންކަމަށެވެ.

މި އެޕިސޯޑުތަކުގައި ފެނިގެންދަނީ ތިން މެންބަރުންގެ އާއިލާއެކެވެ. އެގޮތުން މަރިޔަނބުގެ ރޯލު ކުޅެދީފައިވަނީ ފިލްމީ ތަރި މަރިޔަމް ރަޝީދާ (އައިންތު)އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ