ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

އިލެކްޝަންސް ކޮމިޝަނަށް އިތުބާރެއް ނެތް، ކައުންސިލް އިންތިހާބުގެ ކުރިން ބަދަލުކުރާނަން: ޝުޖާއު

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިތުބާރެއް ނެތް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ބަދަލުކުރާނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އީސީ އިން ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ބައްދަލުކުރާއިރު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެންބަރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.

" ތަފާތުކުރުންތައް އިންތިހާ! އެމްޑީޕީ އަށް ކެމްޕޭން ކުރޭ. އިދިކޮޅު ރަށު ބަންދުގަ. ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނަން." ޝޫޖާއު ވިދާޅުވިއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބާއްވާ ބައެއް ހަރަކާތްތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފު ވުމާއި ގުޅިގެން ބައެއް ފަރާތްތައް ވަނީ ޖޫރިމަނާ ކޮށްފައެވެ.

އެގޮތުން އިދިކޮޅުން ބޭއްވި ސައިކަލް ބުރާކާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެއެވެ. ޑރ. ވަހީދު ޖޫރިމަނާކޮށްފައިވަނީ، ސައިކަލު ބުރު މުޒާހަރާއާއި ގުޅިގެން އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތު ކުރައްވައެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ސައިކަލު ބުރުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޖޫރިމަނާކޮށްފައިވެއެވެ.

އަދި ސިޔާސީ ޕާޓީގެ ޤާނޫނާއި އެއްވެއުޅުމުގެ މިނިވަން ކަމުގެ ޤާނޫނާއި، އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިޑްލައިންއާއި ތަކުރާރުކޮށް ޚިލާފުވުމާއި ގުޅިގެން ޕީޕީއެމްއާއި ޕީއެންސީ 75،000 ދިވެހި ރުފިޔާ އިން ޖޫރިމަނާކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ