އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އާއި ބައްދަލުކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ޕީޕީއެމް އަދި ޕީއެންސީ އަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އިސީ އިން އިދިކޮޅު ފަރާތްތަކައި ބައްދަލު ކުރައްވާފައި މިވަނީ، އިދިކޮޅު ފަރާތްތަކުން އީސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، އީސީއަށް އިތުބާރު ނެތް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ބަދަލުކުރާނެ ކަމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އިއްޔެ ވަނީ ވިދާޅުވެފައެވެ.
ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާ ބައްދަލުކުރާއިރު އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި މެންބަރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަމަށެވެ.
" ތަފާތުކުރުންތައް އިންތިހާ! އެމްޑީޕީ އަށް ކެމްޕޭން ކުރޭ. އިދިކޮޅު ރަށު ބަންދުގަ. ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރާނަން." ޝޫޖާއު ވިދާޅުވިއެވެ.
Kuriyah oiy LCE adhi WDCE aai gulhigen PPM adhi PNC ah dhimaavefaivaa dhathithah hallu kurumaa gulheygothun mashvaraa kurumah bavvaa badhaluvumuge therein pic.twitter.com/aJALZe9r65
— Elections Commission (@ElectionsMv) November 8, 2020